ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ 3 މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަނެފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި އެއަރ ކޯރ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މި ބޯޓުތައް ހިފަހައްޓާފައިވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުންޏެވެ.

އއޮކްޓޫބަރު 12 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އަތުލައިގަތް މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.