ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

މި އަލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެން ރޭގަނޑު 00:00 އާ ހަމައަށެވެ.

މީގެ އިތުރުން، މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އާ ހަމައަށް މެޓް އޮފީހުން ނެރެފައިވާ 24 ގަޑިއިރުގެ އާންމު ފޯކާސްޓްގައިވާ ގޮތުން، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި ވައިޖެހޭނީ އުތުރާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމձެމުގެ ބާރުމިނުގައި ކަމަށާއި، ވިއްސާރައިގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މިއާއެކު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިއްސާރައިގައި އިތުރަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމުން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދު ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.