ކ. ގާފަރު ބަނދަރު ސަރަޙައްދުގައި ތަކެތި ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް ގާފަރު ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.
ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބަނދަރުގައި ތަކެތި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު ފިޔަވައި ބަނދަރުމަތީގެ އެހެން އެއްވެސް ތަނެއްގައި އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކުން ނުވަތަ އާންމު އަމިއްލަ ފަރުދުން ބަހައްޓާފައިވާ ތަކެތި، 2026 އޮކްޓޯބަރު 15 ވަނަ ދުވަހުގެރޭ 12:00 ގެ ކުރިން ނަގައި ނިންމަންޖެހޭނެ ކަމަށެވެ.
އަދި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު، 2026 އޮކްޓޯބަރު 16 ވަނަ ދުވަހުން ފެށިގެން ބަނދަރު ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލުން ނަގަމުންގެންދާނެ ކަމަށާއި، މިގޮތަށް ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެއްޗަށް ކައުންސިލުން އެއްވެސް ޒިންމާއެއް ނުނަގާނެ ކަމަށްވެސް އެ އިޢުލާނުގައިވެއެވެ.











