ތ.ތިމަރަފުށި ބަނދަރުގެ ހުޅަނގު ފަރާތުން ޖެޓީ ކައިރިއާއި، މަސްމާރުކޭޓު ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެރަށުގެ ކައުންސިލް އިދާރާއިން އާންމުކޮށް ހުޅުވާލައިފިއެވެ.
ބީލާމާ ގުޅޭގޮތުން އިއްޔެ ތިމަރަފުށީ ކައުންސިލުން އާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 08 އޮކްޓޫބަރު 2026 ވާ ބުރާސްފަތިދުވަހުގެ މުހިންމު ސުންގަޑިތަކަށް ސަމާލުވުމަށް ތިމަރަފުށީ ކައުންސިލުން އެދެއެވެ. އެގޮތުން ބިޑަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 08 އޮކްޓޫބަރު 2026 ގެ މެންދުރުފަހު 14:00 އެވެ. ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ ކައުންސިލުން ދީފައިވާ އޮންލައިން ފޯމު ލިންކު މެދުވެރިކޮށް ނުވަތަ ކައުންސިލްގެ އީމެއިލް (info@thimarafushi.gov.mv) އަށް މެއިލް ކުރައްވައިގެންނެވެ.
މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެ ކަމަށާއި، މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެ ކަމަށް ތިމަރަފުށީ ކައުންސިލުން މައުލޫމާތުދެއެވެ. މަސައްކަތާއި ނުވަތަ މައުލޫމާތު ކަރުދާހާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 08 އޮކްޓޫބަރު 2026 ގެ މެންދުރުފަހު 14:00 ގެ ކުރިން ލިޔުމުން ކައުންސިލްގެ އީމެއިލަށް ފޮނުއްވުމަށްވެސް އެދިފައިވެއެވެ.
ބިޑް ހުޅުވުން އޮންނާނީ 12 އޮކްޓޫބަރު 2026 ވާ ހޯމަދުވަހުގެ ހެނދުނު 11:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެއް ކަމަށް ތިމަރަފުށީ ކައުންސިލުން ބުނެއެވެ.