ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި (އީއީޒެޑް) ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، 7 ފަޅުވެރިންނާއެކު ހަރަކާތްތެރިވަމުންދިޔަ މި މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީނު"ގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓު އަތުލައިގެންފައިވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ އިރުއޮއްސި 18:34 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންނަމަވެސް މިއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއްކަމެއް އެމްއެންޑިއެފުން ހާމަކޮށްފައެއް ނުވެއެވެ.











