ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގައި ސްލިޕްވޭއެއް ހެދުމުގެ މަސައްކަތަށް ކުއްޔަށް ބިން ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހޯނޑެއްދޫ ކައުންސިލްގެ އިދާރާއިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
ހޯނޑެއްދޫ ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި، މި އިޤްތިޞާދީ މަޝްރޫޢަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، އެ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނާއި ޗާޓުގައިވާ ގޮތުގެ މަތިން 100,000 އަކަފޫޓު (250' × 400') ގެ ބިމެކެވެ.
ހޯނޑެއްދޫ ކައުންސިލުން އިޢުލާންކޮށްފައިވާ ގޮތުގައި، ބީލަން ހުށަހެޅުމަށް އެދޭ ފޯމެއްގެ އަގަކީ -/3,000ރ (ތިންހާސް ރުފިޔާ) އެވެ. މި ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރު 2026 އިން ފެށިގެން 01 ނޮވެމްބަރު 2026 ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ހޯނޑެއްދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. މީގެ އިތުރުން ހޯނޑެއްދޫ ކައުންސިލްގެ ވާރުގޭ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ފޯމު ބައްލަވައިގަނެވޭނެއެވެ. ހޯނޑެއްދޫ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި ނަގުދު ފައިސާއިންނާއި އޮންލައިންކޮށް ފޯމަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 01 ނޮވެމްބަރު 2026 ގެ 14:00 އެވެ. އަދި ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 02 ނޮވެމްބަރު 2026 ގެ 13:30 އެވެ.











