ގދ. ރަތަފަންދޫ ފަޅުތެރޭގައި ފާނަކޮށި ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާކަން ހުވަދޫއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއިން ހާމަކުރައްވައިފިއެވެ.
ރަތަފަންދޫ ކައުންސިލުން އާންމުކުރެއްވި އިޢުލާނެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި މަސައްކަތަށް އަލުން ފުރުސަތު ހުޅުވާލައްވާފައިވަނީ މީގެ ކުރިން 02 ސެޕްޓެމްބަރު 2026 ގައި އެ ކައުންސިލުން ކުރެއްވި އިޢުލާނާ ((IUL)420-PM/420/2026/28) ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލުކުރެއްވުމަށްފަހުގައެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލްއާއެކު ތިރީގައިވާ މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެކަމަށް ރަތަފަންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ:
ކުލީގެ އަގު: ފާނަކޮށި ބެހެއްޓުމުގެ ކުލީގެ ގޮތުގައި ރަތަފަންދޫ ކައުންސިލަށް މަހުން މަހަށް ދެއްކުމަށް ހުށަހަޅާ އަގު.
މުއްދަތު: ފަޅުތެރޭގައި ފާނަކޮށި ބެހެއްޓުމަށް އެދޭ މުއްދަތު.
ތަޖުރިބާ: މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔެކިޔުންތައް (ހުށަހަޅަން ބޭނުންވާނަމަ).











