މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، މ.ވޭވަށު ކައުންސިލްގެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވައި، އެ އަތޮޅުގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި، އެ ދާއިރާތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ދޫކުރާ ޚާއްސަ ލޯނު އެހީތަކާ ގުޅޭގޮތުންނެވެ. އަދި އާންމުންގެ ހުނަރުވެރިކަން އިތުރުކުރުމަށްޓަކައި ވުޒާރާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތުވެސް މިނިސްޓަރު ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.











