ރާއްޖޭގެ ދަނޑުވެރިކަމާއި، އެކުއަކަލްޗަރ އަދި މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި ޤައުމީ ފެންވަރުގެ ބަޔޯސެކިއުރިޓީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮންސަލްޓެންސީގެ ފުރުޞަތެއް ހުޅުވާލައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ބޭންކުގެ (ވާރލްޑް ބޭންކް) މާލީ އެހީތެރިކަމާއެކު ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް ސެކޯ މެނޭޖްމެންޓް" މަޝްރޫޢުގެ ދަށުންނެވެ.
މި ޚިދުމަތަށް ޝައުޤުވެރިވާ ފަރާތްތަކުން ޤާބިލުކަމާއި ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުންތަކާއެކު ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި:
ޝައުޤުވެރިކަން ފާޅުކުރުމުގެ ސިޓީ ނުވަތަ ޖޮއިންޓް ވެންޗަރ (ޖޭވީ) އެއްބަސްވުން
ކުންފުނީގެ ރަޖިސްޓްރީ ސެޓްފިކެޓް
ކުންފުނީގެ ޕްރޮފައިލް ނުވަތަ ބްރޮޝަރ
ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްޞީލީ ލިސްޓު
މަޝްރޫޢަށް ހުށަހަޅާ އިސް މުވައްޒަފުންގެ ލިސްޓާއި ވަނަވަރު (ސީވީ)
މި މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ވާރލްޑް ބޭންކުގެ ޕްރޮކުއަރމަންޓް ޤަވާއިދުތަކާ އެއްގޮތަށް ކޮންސަލްޓެންޓްސް ކޮލިފިކޭޝަން-ބޭސްޑް ސެލެކްޝަން (ސީ.ކިއު.އެސް) އުސޫލުގެ މަތިންނެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް، 2026 އޮކްޓޯބަރު 6 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން procurement.transform@fishagriocean.gov.mv އަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުއްވުމަށް މިނިސްޓްރީން އެދިފައިވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3033488 އަށް ގުޅުއްވޭނެއެވެ.