މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ގއ. ވިލިނގިލި ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ މަސްވެރިކަމުގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިނިސްޓްރީގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝިޔާމްގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ވިލިނގިލި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެ ރަށު ކައިރިން ކަނޑައިގެން ގޮސްފައިވާ ކަނދުފަތި އަލުން އަޅައިދިނުމަށް އެދިފައެވެ. މީގެއިތުރުން، ވިލިނގިއްޔަކީ އާބާދީ ބޮޑު އަދި ފާހަގަކޮށްލެވޭ މަސްވެރި ރަށަކަށްވާތީ، އެ ރަށުގައި މިފްކޯގެ މަސްފިހާރައެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.











