ލާމަރުކަޒީ އުޞޫލުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކުރުމުގެ ސިޔާސަތުގެ ދަށުން، ދ. މީދޫގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޢަމަލީ އިމްތިހާނުތައް ކުރިއަށް ގެންދިއުމަށްޓަކައި އެގްޒަމިނަރަކު ހޯދުމަށް އެރަށު ކައުންސިލް އިދާރާއިން އިއުލާނުކޮށްފިއެވެ.
އިއުލާނުގައިވާގޮތުންނަމަ، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ނިޔަމިކަމުގެ ސެޓްފިކެޓެއް އޮތުމާއި، ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން ހިމެނެއެވެ. އަދި އެގްޒަމިނަރު ހޮވުމުގައި ޚާއްޞަ އިސްކަމެއް ދޭނީ ގިނަ ކެޓަގަރީތަކުގެ އުޅަނދުފަހަރު ދުއްވުމުގެ މަސައްކަތުގައި ހޭދަކޮށްފައިވާ މުއްދަތަށްކަމަށް ބަޔާންކޮށްފައި ވެއެވެ.











