މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރ. މަޑުއްވަރީ ބަނދަރުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާއަށް ދަށްކޮށްފިއެވެ.
މިފްކޯއިން މަޑުއްވަރީ ބަނދަރުން މަސްގަންނަ އަގު ދަށްކުރީ އިއްޔެއެވެ. އަދި މިއަދު އެކުންފުނިން މަސް ގަންނާނެ އަގުތައް އާންމުކޮށްފައިވާ ގޮތުން މަޑުއްވަރީ ފިޔަވައި އެހެނިހެން ހުރިހާ ސެންޓަރުތަކާއި ބަނދަރުތަކުގައި ކަޅުބިލަމަސް ކިލޯއެއް ގަންނަމުންދަނީ 21 ރުފިޔާއަށެވެ. އެހެންކަމުން މަޑުއްވަރީވެފައިވަނީ 21 ރުފިޔާއަށް ކަޅުބިލަމަސް ކިލޯއެއް ގަންނަން ފެށިފަހުން ގަންނަ އަގު ދަށްކުރި ފުރަތަމަ ސަރަހައްދަށެވެ.










