ށ. ފޯކައިދޫގައި އޮޑިހަރުގެ އަޅައިގެން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ރަށުން ފަސް ބިމެއް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައި، ކައުންސިލްގެ އިދާރާއިން އެބިންތައް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފޯކައިދޫ ކައުންސިލުން މިކަމާގުޅެގޮތުން އާންމުކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 7،500 އަކަފޫޓުގެ ތިން ބިމާއި 6،000 އަކަފޫޓުގެ ދެ ބިމެކެވެ. މީގެއިތުރުން، މި ބިންތަކުގެ ކުނީގެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް މަހަކު 50 ލާރި ކަމަށް ވެސް ކައުންސިލުން އާންމުކުރި މައުލޫމާތުގައި ފާހަގަކޮށްފައިވެއެވެ.
ކުއްޔަށް ދޫކުރާ ބިންތަކުގެ ތަފުސީލަކީ:
މި ބީލަމުގައި ބައިވެރިވުމަށް 1،000 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް ފޯކައިދޫ ކައުންސިލުން މައުލޫމާތު ދެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު 15 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ފައިސާ ދެއްކުމަށްފަހު ސްލިޕް ކައުންސިލްގެ އީމެއިލް info@foakaidhoo.gov.mv އަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް އެ ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ފޯކައިދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން 17 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ. އަދި ބީލަން ހުށަހެޅުމާއި ކެނޑުން 20 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި ކުރިއަށްދާނެ ކަމަށާއި، މި ބީލަމުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.