ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ޑްރައިވިން ޓެސްޓުތައް ހަދައިދޭނެ އެގްޒަމިނަރަކު ހޯދުމަށް ބ. ގޮއިދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ގޮއިދޫ ކައުންސިލުން މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން މިދަނީ، އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކަށް ވެސް ކަނޑުއުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ފުރުސަތު އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލުމާ ގުޅިގެންނެވެ.
ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި:
ލައިސެންސް ނެގިފަހުން މަދުވެގެން އެއް އަހަރު ދުވަހު އުޅަނދު ދުއްވުމުގެ ތަޖުރިބާ ހުރުން.
ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސެންސް އޮތް ފަރާތްތަކަށް އިސްކަންދިނުން.











