މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އިން މާލޭގައި ކުރިއަށްގެންދާ "ނިޔަމިކަމުގެ ކޯސް-2"ގެ އައު ބެޗެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޖުމްލަ 30 ގަޑިއިރުގެ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 16 ސެޕްޓެންބަރު 2026 ގައެވެ. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އެމްޓީއައިގެ މާލޭ ކޭމްޕަހުގައި ކުރިޔަށް ގެންދާ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ނުވަތަ admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެކަމަށް އެމްޓީއައިއިން ބުނެފައިވެއެވެ.

މި ކޯހަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ޤަބޫލުކުރާ މިންގަނޑަށް ތިއަރީ އަދި ޢަމަލީ ބައިތައް ހިމަނައިގެން ކުރިއަށްގެންދާ ކޯހެކެވެ. ކޯހުގައި ކިޔަވައިދޭ މައިގަނޑު ބައިތަކުގެ ތެރޭގައި ޗާޓު ވޯކް، ނެވިގޭޝަން، ރާޑަރާއި ޖީޕީއެސް އަދި އެކްޑިސް (ECDIS) ބޭނުންކުރާނެ ގޮތް ހިމެނެއެވެ. މީގެއިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިން ކޮމިއުނިކޭޝަންގެ މުހިންމު ހުނަރުތައް ތަޖުރިބާކާރު މާހިރުން ކިޔަވައިދޭނެއެވެ. ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކަން އިނގޭ އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައްވެސް ކޯހުގައި ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.

މި ކޯހަކީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B,C އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ.