ގއ. ގެމަނަފުށީގެ އިހުތިސާސްތެރޭގައި ހިމެނޭ ފަޅުތެރެއިން މޫދުވިނަ ހެއްދުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ގެމަނަފުށީ ކައުންސިލްގެ އިދާރާއިން ގެޒެޓްގައި ޝާއިއު ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާން ޖެހެނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރ 15 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. މައުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުން އޮންނާނީ އެ ރަށު ކައުންސިލް އިދާރާގައެވެ.











