ރ. އިންނަމާދޫގެ ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުން، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް އަދި ސިނާޢީ އެކިއެކި މަސައްކަތްތަކަށް 4،500 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.
އިންނަމާދޫ ކައުންސިލުން ވިދާޅުވީ، ދޫކުރުމަށް ހަމަޖެހިފައިވަނީ 45 ފޫޓު ފުޅާ، 100 ފޫޓު ދިގު ބިމެއް ކަމަށެވެ.
އިންނަމާދޫ ކައުންސިލުން މިކަމާގުޅޭގޮތުން އާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކުގެ އިތުރުން ކްލަބް ޖަމްޢިއްޔާތަކަށާއި އަމިއްލަ ފަރުދުންނަށްވެސް ވަނީ ހުޅުވާލާފައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 200 ރުފިޔާގެ ރަޖިސްޓްރޭޝަން ފީ ދެއްކި ސްލިޕާއެކު މި މަހުގެ 13 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލަށް ހުށަހަޅަންޖެހެއެވެ. ލިޔެކިޔުންތައް ހުށަހެޅޭނީ info@innamaadhoo.gov.mv އަށް އީމެއިލްކޮށްގެން ނުވަތަ ކައުންސިލްގެ ނަންބަރު 7380052 އަށް ވައިބަރ މެދުވެރިކޮށެވެ.











