ހއ. ހޯރަފުށީ ފަޅުގެ އުތުރު ފަރާތުގައި މަސްކަނޑާ އަށި ހަދައިދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލްގެ އިދާރާއިން މިއަދު އިޢުލާންކޮށްފިއެވެ.
ހޯރަފުށީ ކައުންސިލުން ވިދާޅުވީ، މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމުގެ ފުރުޞަތު މިހާރު އާންމުކޮށް ހުޅުވާލެވިފައި ކަމަށެވެ.
ހޯރަފުށީ ކައުންސިލްގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ. ބީލަމުގައި ރަޖިސްޓަރީވުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ކައުންސިލުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ކަމަށާއި، ބީލަން ހުށަހެޅޭނީ ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓަރީވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއެވެ.











