ލ. ކަލައިދޫގައި ދުއްވާ އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި، އުޅަނދުތަކުގެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
ކަލައިދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކޮންމެ ރަށެއްގައިވެސް ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އެހެންކަމުން، އެ ރަށުގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވާ ފޯމު ފުރުމަށްފަހު ހުށަހެޅުމަށް ވަނީ އެދިފައެވެ.
ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
ފުރިހަމަކޮށްފައިވާ ރަޖިސްޓަރީ ފޯމު
އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ
އުޅަނދުގެ ވެރިފަރާތުގެ އައިޑީކާޑު ކޮޕީ
މި ލިޔެކިޔުންތައް 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ ކައުންސިލްގެ އީމެއިލް (info@kalaidhoo.gov.mv) މެދުވެރިކޮށް ހުށަހެޅޭނެއެވެ. ދަފްތަރުގައި ހިމެނުމަށް އެދޭ ފޯމު ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، މި ދަފްތަރު އެކުލަވާލުމަށްފަހުވެސް ރަށަށް އަލަށް ގެންނަ އުޅަނދުތަކާއި ރަށުން ބޭރުކުރާ އުޅަނދުތަކުގެ މަޢުލޫމާތު ޤަވާޢިދުން ކައުންސިލާ ހިއްސާކުރަމުން ގެންދިއުމަށް ކަލައިދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.