ހއ. ހޯރަފުށީ ފަޅުގެ އުތުރު ފަރާތުގައި މަސްކަނޑާ ދެ އަށި ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
ހޯރަފުށީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަސައްކަތާ ގުޅޭ ބީލަން ފޮތާއި، މައުލޫމާތު ކަރުދާސް އަދި ކުރެހުންތައް ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް މިހާރު ޑައުންލޯޑް ކުރެވޭނެކަމަށް ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.











