ލ. ގަމުން މަހާއި މަހުގެ ބާވަތްތައް ކައްކައި ހިއްކުމަށް ބިންތަކެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ކުރި އިޢުލާނު ބާތިލުކޮށްފިއެވެ.
ގަމު ކައުންސިލުން ގެޒެޓުކުރި އިޢުލާނެއްގައި ބުނީ، މި މަހުގެ 24 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބައެއް އިޞްލާޙުތައް ގެންނަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ އިޢުލާނު ބާތިލުކޮށްފައިވާ ކަމަށާއި، އިޞްލާޙުތަކާއެކު ފަހުން އަލުން އިޢުލާނު ކުރާނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ކައުންސިލުން ކުރިން ނެރުނު އިޢުލާނުގައި ވަނީ، މަސް ކައްކައި ހިއްކުމުގެ މަސައްކަތަށް އެ ރަށުން ފަސް ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ.











