ކީރިތި ރަސޫލާ (ޞޢވ) ގެ ޢީދު މީލާދު ދުވަހުގެ މުނާސަބަތާ ގުޅިގެން، މާދަމައަކީ މިފްކޯއަށް މަސް ނުގަންނަ ބަންދު ދުވަހެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހަމަޖައްސައިފިއެވެ.

މަސްވެރިންގެ ސަމާލުކަމަށްޓަކައި އެ ކުންފުނިން ހިއްސާކުރި ނޯޓިސްއެއްގައި ބުނެފައިވަނީ، ޢީދު މީލާދު ދުވަހާ ގުޅިގެން މާދަމާ މިފްކޯގެ އެއްވެސް މަސް ކާރުޚާނާއަކަށް އަދި މަސް ގަންނަ ބޯޓުފަހަރަކަށް ވެސް މަސް ނުކިރާނެ ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސް ނިމުމަށްފަހު، ކުރިއެކޭ އެއްގޮތަށް އަލުން މަސް ކިރުމުގެ ޚިދުމަތް ދޭން ފަށާނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މިފްކޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިންގެ އަތުން މަސް ގަންނަ ސަރުކާރު ހިއްސާވާ ކުންފުންޏެވެ. އާންމުގޮތެއްގައި ހުކުރު ދުވަހާއި ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގައި އެކުންފުނިން މަސް ނުކިރައެވެ. އެހެންނަމަވެސް، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަހެއްގައި އޮޕަރޭޝަންތައް ހުއްޓާލާނަމަ މަސްވެރިންނަށް ދުރާލާ އެކަން އަންގައެވެ.