މޫސުމަށް ސަމާލުވެ ދުރާލާ ތައްޔާރުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ބުނީ، މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް މި މުހިންމު ސަމާލު ދެމިއޮންނާނެ ކަމަށެވެ. މީގެ ތެރޭގައި ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީ ވެސް ހިމެނެއެވެ.











