މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ހއ.އިހަވަންދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި ޢެވެ.

ޢިއްޔެ އެރަށު ކައުންސިލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ މެންބަރުންނާއި އެރަށުގެ މަސްވެރިން ބައިވެރިވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް އައްސަވާފައެވެ. ޢަދި މަސްވެރިކަމުގެ އެދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުންވެސް ކައުންސިލާއި މަސްވެރިންނާއެކު ވަނީ މަޝްވަރާކުރައްވާފައެވެ.

ޙދ އަތޮޅުގެ ބައެއް ރަށްތަކައް މަސްވެރިކަމާ ބެހޭ ވަޒީރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ކެލާ، ހަނިމާދޫ، ނޮޅިވަރަމް އަދި ނޮޅިވަރަންފަރަށް ވަޑައިގެން އެރަށްރަށުގެ ކައުލްސިލްތަކާއި ބައްދަލުކުރައްވައި މަސްވެރިކަމުގެ ހާލަތު ބައްލަވައި އޮޅުންފިލުއްވާފައެވެ.