ގއ. ދާންދޫ ކައިރީގައި އަޅާފައި އޮންނަ ދޮށީ ކަނދުފަތި ކަނޑައިގެން ހިނގައްޖެއެވެ.
އެ ސަރަހައްދުގައި މަސްވެރިކަންކުރާ ކެޔޮޅުންން ބުނީ، މިއަދުގެ ވަގުތެއްގައި ކަނޑައިގެން ގޮސްފައިވަނީ ދާންދޫގެ އިރުން 16 މޭލު ބޭރުގައި އަޅާފައި އޮންނަ ދޮށީ މަސް ކަނދުފަތި ކަމަށެވެ.
މި ކަނދުފަތި ކަނޑައިގެން ދިއުމާ ގުޅިގެން މަސްވެރިކަމުގެ މޫސުމުގައި އެ ސަރަހައްދުގައި މަސްވެރިކަންކުރާ އޮޑިފަހަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަމަށް ފާހަގަކޮށް، ކަމާބެހޭ އިދާރާތަކުން މިކަން އަވަހަށް ހައްލުކޮށްދިނުމަށް އެ ސަރަހައްދުގެ މަސްވެރިން ވަނީ އެދިފައެވެ.
މި ކަނދުފައްޗަކީ މުޅި ހުވަދޫ އަތޮޅަށް ބަލާއިރުވެސް އެންމެ ގިނައިން މަސްވެރިކަންކުރާ އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އަށް އެންމެ ގިނައިން މަސްކިރުވާ ދޯނިފަހަރު އާންމުކޮށް މަސްވެރިކަންކުރާ ސަރަހައްދެއްގައި އޮންނަ ކަނދުފަެއްޗެއްކަން ފާހަގަކުރެވެއެވެ.