ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ބުނީ، މިއަދު މެންދުރުފަހު 14:30 އިން ފެށިގެން އިރުއޮއްސި 19:00 އާ ހަމައަށް އެ ސަރަހައްދަށް ސަމާލު ނެރެފައިވާ ކަމަށެވެ.











