ކ. ގާފަރު ހުޅަނގު ފަރާތު ބޭރަށް ލައިޓް ކޮމާޝަން ވެހިކަލް (އެލްސީވީ)އެއް ބަންޑުންޖަހާލުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ބަންޑުން ޖަހާލި އެލްސީވީން ދަތުރުކުރި 10 ފަޅުވެރިންގެ ތެރެއިން 8 ފަޅުވެރިން ސަލާމަތްކޮށްފައިވާ އިރު، ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުން އަންނަކަމަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފައި ވެއެވެ.

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓުގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.