މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން އޮޕަރޭޓް ކުރަމުން އަންނަ ކަނޑުއޮތްގިރީގައި އަލަށް ގާއިމުކުރި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފިއެވެ.
މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްގީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފެއްދޭވަރުގެ އައިސް ޕްލާްންޓެކެވެ. މި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ޢައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާއިރު މިއަދު ވަނީ އެތަނުން މަސްވެރި އޮޑިފަހަރަށް އައިސް ދޫކުރަން ފަށާފައެވެ. މިއަދު އެންމެ ފުރަތަމަ އައިސް ދޫކޮށްފައިވަނީ، ”ބްލޫ ކޯބިއާ“ ނަމަކަށް ކިޔާ އޮޑިއަކަށެވެ.











