މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނާއި ގަވާއިދު އެކުލަވާލުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފި އެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު މާލޭގަ އެވެ.
އެ މިނިސްޓްރީން ބުނީ، ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.
އެގޮތުން ހެނދުނު 09:00 އިން މެންދުރު 14:00 އަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރުގެ ހަރަދު އެ މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ބުނެފައި ވެއެވެ.
ޓްރާންސްފޯމް އާއި ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަސައްކަތަކީ، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމާއި ސްޕޯޓް ފިޝިންގް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ދެވަނަ ބައްދަލުވުމެވެ.