”ނިޔަމިކަމުގެ ކޯސް-2“ ގެ އާ ބެޗެއް މާލޭގައި ފަށަން ތައްޔާރުވެފައިވާކަމަށް މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ބުނެފި އެވެ.
މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައެވެ. އެމްޓީއައިއިން ބުނީ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެކަމަށެވެ. އަދި މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެކަމަށެވެ. މެއިލްއަކީ admin@mti.edu.mv އެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް(30 ގަޑީއިރު)ގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ކޯހުގެ އަގަކީ 2،500 ރުފިޔާ އެވެ. ކޯހުގެ ބައިވެރިންނަކީ، ކިޔަވައިދޭ ތަކެތި ފަހުމުވުމާއެކު، އިނގިރޭސި އަދި ދިވެހިން މުއާމަލާތްކުރުމުގެ ގާބިލުކަން ހުންނަ ކޮންމެ ފަރާތަކަށްވާން ޖެހޭނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މިކޯހުގައި ނެވިގޭޝަން، ކޮމިއުނިކޭޝަން، އަދި އާންމު ދޯނިތަކުގެ މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދިނުމަށް ހަމަޖެހިފައި ވެއެވެ.
މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ގިނަ ކޯސްތަކެއް ހިންގަ އެވެ.