ވިލާގަނޑުގައި ވައި ގަދަވާނެކަމަށް ލަފާކޮށް ހުވަދޫ ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ގއ އިން ފެށިގެން ގދ އަތޮޅާ ހަމަޔަށް ހިމެނޭ ސަރަހައްދަށެވެ.

މެންދުރު 12:30 އިން ހަވީރު 05:30 އާ ހަމަޔަށް މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި، ވިލާ ގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާކޮށްނެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެފައިވާތީ މޫސުމާބެހޭ އިދާރާއިން ވަނީ އެންމެހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މުޖުތަމައު