ޅ. ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުން ”ލޮއި ކުރެންދޫ މަސްރޭސް 2024″ ގެ ނަމުގައި މިހިގާ ޑިސެންބަރު މަހުގެ 12ވަނަ ދުވަހު މަސްރޭހެއް ބޭއްވުމަށް ނިންމައިފި އެވެ.
އެ ކައުންސިލުން ބުނީ، މި މަސް ރޭހަކީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރޭހެއްކަމަށެވެ. އަދި ކުރެންދީ ރައްޔިތުންނާއި، އެރަށުގައި އުޅޭ ފަރާތްތަކުގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހި ކުރުމާއެކު، ރަށު ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މަސް ރޭހެއް ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ
މަސްް ރޭސް ކުރިޔަށް ގެންދަން ނިންމާފައިވަނީ، ޓީމްތަކުން ވާދަކުރާގޮތަށެވެ. އެގޮތުން މަސް ރޭހުގައި ބައިވެރިވާ ޓީމެއްގައި ގިނަވެގެން 12 މީހުން އަދި މަދުވެގެން 5 މެންބަރުން ހިމެނިދާނެކަމަށް ކައުންސިލުން ބުނެއެވެ. ވަނަވަނައަށް ދާ ޓީމްތަކަށް ފައިސާގެ އިނާމުތަކެއްވެސް ކައުންސިލުން ހުށަހަޅާފައި ވެއެވެ.












