ށ. ނެޔޮގެ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިއަދު މި ކަނދުފަތި ގާއިމުކޮށްފައިވަނީ ނެޔޮގެ އިރުން 6 މޭލު ބޭރުގައެވެ. އަލަށް ގާއިމުކުރި މި ވަދު ކަނދުފަތީގެ ނަންބަރަކީ D09V04 އެވެ.
މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:
09.465 73°’E
މިއަދު ގާއިމުކުރި މި ކަނަދުފައްޗާއެކު އެ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު ވަނީ 5 އަށް އަރާފައެވެ.
ކުރިން ގާއިމުކުރި ކަނދުފަތިތަކުގެ ލޮކޭޝަން:
ބޮޑުހުުރާގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި
އެކަސްދޫގެ އިރު ދެކުނުން 5 މޭލު ބޭރުގައި
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ. ރާއްޖޭގެ ވަދު ކަދުފަތި ވިއުގައިގަ މިހާރު ޖުމްލަ 53 ކަނދުފަތި ހިމެނެއެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަދު ކަނދުފަތި ގާއިމްކުރަނީ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލުވާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދީ މަސްވެރިކަން އިތުރަށް ތަރައްގީކޮށް އެއިން ލިބޭ އާމްދަނީ އިތުރުކުރުމަށް އެހީތެރިވެދީ ބާރުއެޅުމުގެ ގޮތުންނެވެ.