މިއަދު އަލިފާން ރޯވެ، އަޑިއަށް ދިޔަ މަސް އޮޑީގެ ބައެއް ތަކެތި އޮޔާދާތީ އެ ހާދިސާ ހިނގި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
މިއަދު މެންދުރު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް އަލީފާންރޯވެ އަޑިއަށް ދިޔައީ، ކަންނެލި މަސްވެރިކުރަމުން އަންނަ ”ފްރެޝް ފްރޮމް ދަ ސީ“ ނަމަކަށް ކިޔާ އޮޑިއެކެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު އެ އޮޑީގައި 15 މީހުން ތިއްބެވެ. އޭގެތެރެއިން ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ. އެއީ،2 ދިވެހީންނާއި 3 ބިދޭސީންނެވެ.
އަޑިއަށް ދިޔަ އޮޑީގައި ހުރި ބައެއް ތަކެތި ކ.ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، އެމްއެންޑީއެފުން ވަނީ ދަތުރުވެރިން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ. ވަކީން ޚާއްސަކޮށް ޚާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރާނަމަ މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑިއެފުން އެދިފައި ވެއެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި އިރު އެ އޮޑީގައި 15 މީހުން ތިއްބެވެ. އޭގެތެރެއިން ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ. އެއީ،2 ދިވެހީންނާއި 3 ބިދޭސީންނެވެ.