ބަރަކާތްތެރި އަޟްހާ އީދު ބަންދަށް ފަހު މަސް ގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
ސަރުކާރު މަސް ކުންފުނި މިފްކޯއިން ބުނީ، ފިޠުރު އީދުގެ މުނާސަބަތާއި ގުޅިގެން އަންގާރަ، ބުދަ، ބުރާސްފަތި ދުވަހު އެކުންފުނީގެ ފެސިލިޓީތަކާއި ބޯޓްތަކުން މަސް ނުގަންނާނެކަމަށެވެ. އަދި، އެކުންފުނީގެ ސެންޓަރުތަކުންނާއި، އައިސް ޕްލާންޓުތަކުން އައިސްވެސް ނުވިއްކާނެކަމަށެވެ.
މިފްކޯއިން ބުނީ އީދު ބަންދަށް ފަހު ދެން ޖެހޭ ހުކުރު ދުވަހަކީ އާންމުކޮށް އެ ކުންފުނިން މަސް ނުގަންނަ ދުވަހަކަށްވުމާއެކު ދެން އެކުންފުނީގެ ފެސިލިޓީތަކާއި، އައިސް ޕްލާންޓްތައް ހުޅުވައި ޚިދުމަތް ދޭން ފަށާނީ މިމަހުގެ 30ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި، ބޯޓުފަހަރުންނާއި، ފެސިލިޓީތަކުން މަސް ގަންނަން ފަށާނީވެސް ހޮނިހިރު ދުވަހު ކަމަށެވެ.
އާންމުކޮށް ހުކުރުދުވަހު މިފްކޯއަށް މަސް ނުގަނެއެވެ. މީގެ އިތުރުން އީދު ފަދަ ބޮޑެތި މުނާސަބަތާއި ދިމާކޮށް މިފްކޯގެ ސެންޓަރުތަކުން މަސް ގަތުން މެދު ކަނޑާލައެވެ. އަދި މިކަން މިފްކޯއަށް މަސް ވިއްކާ އޮޑިފަހަރުތަކަށާއި، އެކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކައް އާންމުކޮށް އަންގައެވެ.