ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ ބިދޭސީންތަކެއް ފައިލޭރިއާއަށް ޕޮޒިޓިވް ވެއްޖެ އެވެ.
ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވަނީ އެ ފެކްޓަރީގައި މަސައްކަތްކުރާ އިންޑިއާ ތިން މީހުންނެވެ. އެމީހުން ފައިލޭރިއާއަށް ޕޮޒިޓިވްވީކަން ދެނެގަނެވުނީ، އެމީހުންގެ މަސައްކަތުގެ ކޮންޓްރެކްޓް އާ ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހެދި ތަހުލީލުތަކުންނެވެ.










