ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގެ ތެރޭގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ބޭރުގެ މަސްބޯޓެއް، ކޯސްޓްގާޑުން އަތުލައިގަނެފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުން އަތުލައިގަތް މިބޯޓުގައި އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ 6 މީހުން ތިބި ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއްކަމެއް އެމްއެންޑީއެފްއިން ބުނެފައެއް ނުވެއެވެ.












