ލ.މާބައިދޫ ރައްޔިތުންގެ މަސްގޮނޑި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
މާބައިދޫ ކައުންސިލުން އިއްޔެ ވަނީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ.

ލ.މާބައިދޫ ރައްޔިތުންގެ މަސްގޮނޑި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
މާބައިދޫ ކައުންސިލުން އިއްޔެ ވަނީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ.
ކައުންސިލުން ބުނީ، މިކަމަށް ޝައުގުވެރިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި، ކުންފުނިތަކުން މިއަދުން ފެށިގެން އަންނަމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް މިކަމާގުޅޭ މައުލޫމާތު ކައުންސިލުން ސާފުކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭކަމަށެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމް ފުރުމަށްފަހު 250 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. އަދި، ބީލަން ހުށަހަޅަންޖެހެނީ ބީލަން ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައިކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަމަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 11:30 ގައި ކައުންސިލް އިދާރާގައެވެ.ބީލަމުގައިޕޮއިންދިނުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތުން ހުށަހަޅާ އަގާއި، މަސައްކަތުގެ ތަޖުރިބާއާއި މަސައްކަތް ނިންމާދޭ މުއްދަތުގެ މައްޗަށް ބިނާކޮށްނެވެ.
މާބައިދޫ ކައުންސިލުން މި ބީލަމާއިގުޅޭގޮތުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބީލަން ހުށަހަޅަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، މަސްގޮނޑީގެ ކަރަންޓް ވައިރު އަލުން ކޮށް މުޅި ވައިރިން ބަދަލު ކުރުމާއި، މިހާރުވެސް ހަރުކޮށްފައިވާ އަދަދަށް ލައިޓް ހަރުކުރުމާއި، މަސްގޮނޑީގެ 2 އިންޗީގެ ތަޅުމެއް އަޅާ މުޅި ތަޅުން އުތުރު ފަރާތަށް ކަތިވާ ގޮތަށް ބައި އިންޗީގެ ސްލޯޕެއް އެޅުން ހިމެނެއެވެ.އަދި، މަސްގޮނޑީގެ ދެފަރާތު ފާރު ކައިރިން 2 އިންޗީގެ ފުން ކާނެއް ހަދާ އުތުރު ފަރާތަށް ހުރިހާ ފެނެއް ދަތުރު ކުރާނެ ގޮތަށް ބައި އިންޗީގެ ސްލޯޕެއް ލައި، މަސް ކަނޑާ އަށިތަކުގެ ދުރު ފަރާތުގައި 1 އިންޗީގެ ކާނެއް ހަދާ މިހާރު ހަދާފައިވާ ފެން ހިންދާ ހޮޅިތަކާއި ދިމާއަށް ފެންދާގޮތްހެދުމާއި މުޅި ތަނުގައި ކުލަލުންވެސް ހިމެނެއެވެ،
މުޖުތަމައު
ވިޔަފާރި