މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ ”ބުރުނު ބޮމަ“ގައި 7 ޓީމަކުން ބައިވެރިވެއްޖެއެވެ.
މިމުބާރާތަކީ، މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ގެ ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ވީއެމްސީއިން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، 7 ޓީމަކުން ބައިވެރިވެފައިވާކަމަށެވެ. މި މުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވާ ޓީމުތަކަކީ، ސައިރެން އޮފް ދަ ސީ އާއި ކެޕްޓަން ކްލަބާއި، ސައިލެންޓް ހަންޓާ އާއި ބަރޮސް މޯލްޑިވްސް އާއި މަލަހިނި، އަދި އިފުރުގެ އިތުރުން ޓީމު ދުބާއީއެވެ. މި މުބާރާތުގައި ރާއްޖެއިން ބޭރުގެ އެއްޓީމު މިހާތަނަށް ބައިވެރިވެފައިވާ އިރު، ރާއްޖޭގެ ޓީމުތަކާއި އެކުވެސް ސްޕޯޓްފިޝިންގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވާނެއެވެ.












