ދ. މީދޫ ސަރަހައްދުގައި ވަދު ކަނދުފައްޗެއް އެޅުމާއި ގުޅިގެން އެކަން ފާހަގަކޮށް ޝުކުރު ދެންނެވުމުގެ ގޮތުން ދ. މީދޫގެ ރައްޔިތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ބޮނޑިބަތް ފަރިވަޅެއް އަރުވައިފި އެވެ.
ރައްޔިތުންފެ ފަރާތުން މިފަރިވަޅު އެރުވީ، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ މީދޫ ދާއިރާގެ ރައީސްއެވެ. އަދި ފަރިވަޅާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އަހްމަދު ޝިޔާމް އެވެ. ފަރިވަޅު އެރުވުމަށް މިއަދު ބޭއްވި ހަފްލާގައި މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.












