ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން، ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން(އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން ތެލުގެ އަގަށް ގެނައި ބަދަލު އާންމުކޮށް ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑުތަކުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 17.54ރ. އަށް ކަމަށެވެ. މީގެކުރިން އެފްއެސްއެމުން ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 13.92ރ. އަށެވެ. އެހެންކަމުން މިއީ ކުރިން ޑީސަލް ވިއްކި އަގާ އަޅާކިޔާއިރު 3.62ރ. ގެ ބޮޑުވުމެކެވެ.












