މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން އަންނަމަހު ފަށަން ނިންމާފައިވާ ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-1 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީއައިއިން ބުނީ، މި ކޯސް ފަށަން ހަމަޖެހިފައިވަނީ، އަންނަ އެޕްރީލްމަހުގެ 15ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައިކަމަށެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށްވެސް އެމްޓީއައިއިންބުންޏެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެއެވެ. އަދި admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެއެވެ.
150 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގެ ފީއަކީ 5500 ރުފިޔާ އެވެ. ދިވެހި ނުވަތަ އިނގިރޭސި ބަހުން ވާހަކަ ދައްކައި ލިޔަން އިނގޭ އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމްވާވަރުގެ ކޮންމެ ފަރާތަކައްއްވެސް މި ކޯހުގައި ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
ފުރިހަމަ ތަޖުރިބާކާރު އިލްމާއި ހުނަރު ހާސިލުކުރުމަށް މަގުފަހިކޮށްދިނުމުގެ އަޒުމުގައި އެމްޓިއައިއިން ކުރިއަށްގެންދާ މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން،
އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ދަސްކޮށްދޭނެކަމަށް އެމްޓިއައިން ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ކެޓެގަރީ C,B،A އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މިކޯހަކީ، މިނިސްޓްރީ އޮފްް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ހުއްދައާއެކު ކުރިޔަށްގެންދާ ކޯހެކެވެ.