ރ. ދުވާފަރުގައި ”ނިޔަމިކަމުގެ ކޯހުގެ ލެވެލް-2ގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ތަމްރީން ޕްރޮގްރާމަކީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިޔަށްގެންދާ ތަމްރީނެއްކަމަށެވެ.

އިއްޔެ ފެށި މި ތަމްރީން ޕްރޮގްރާމް މާދަމާގެ ނިޔަލަށް ކުރިޔަށްދާނެއެވެ. ޖުމްލަ 25 ފަރާތަކުން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު، މީގެތެރޭގައި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ”ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމް“ އަށް ހޮވުނު 5 ބައިވެރިން ހިމެނެއެވެ.
މި ތަމްރީނު ޕްރޮގްރާމް ގައި ކިޔަވާދެއްވަނީ ދިފައީ ވުރާޒާގެ ކޯސްޓްގާޑުގެ ފަންނީ މުދައްރިބުންނެވެ.