ނ. ވަވަތިކުރޮޅިއަށް ފަރަށް އުރުުނު ”މެގަ ހޯރަ“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ފުންކޮށްފިއެވެ.
61 މީހުންނާއެކު މާލެއިން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރަމުންދިޔަ 98 ފޫޓްގެ މި ބޯޓު ފަރަށް އަރާފައިވަނީ ރޭ 12:10 ހާއިރުއެވެ. ފަރަށް އެރި ބޯޓް ފުންކުރުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުން ހަރަކާތްތެރިވެފައިވާއިރު، ދިޔަވަރު ބޮޑުވުމުން، އެ ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ވަނީ ފުންކޮށްފައެވެ.
މި ހާދިސާގައި ބޯޓްގައި ދަތުރުކުރި އެއްވެސް މީހަކަށް އަދި މުދަލަށް ގެއްލުމެއް ލިބިފައިނުވެއެވެ. އަދި ބޯޓަށްވެސް ގެއްލުމެއް ވެފައި ނުވާތީ، މިހާރު ބޯޓް ދަނީ ދިއްދޫއާ ދިމާއަށް ދަތުރުކުރަމުންނެވެ.










