ސަރުކާރުން ގޭބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ބަހަން ނިންމާފައިވާ މަސްދަޅުކޭސް ތަކުގެ ތެރެއިން މާލެ ސަރަހައްދަށް ބަހާ މަސްދަޅު ދޫކުރަން ފަށާނީ މިރޭ ކަމަށް، އެކަން އިންތިޒާމު ކުރަމުން އަންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން ބުނެފި އެވެ.
އެސްޓީއޯއިން ކުރިން މަސްދަޅު ކޭސް ބަހަން ނިންމީ މާލެެ ސިޓީ ކައުންސިލާ ގުޅިގެންކަމުން ކުރިން މަސްދަޅު ކޭސް ބަހާ ގަޑިތަކާއި ސަރަހައްދުތަށް ކަނޑައަޅާ އިއުލާނު ކުރަމުންދިޔައީ ކައުންސިލުންނެވެ. އެހެންނަމަވެސް، މިހާރު އެސްޓީއޯއިން ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއި މެދުވެރިކޮށް އިންތިޒާމުތައް ކުރިޔަށް ގެންދިއުމަށް ނިންމާފަ އެވެ. މި ނިންމުމާ ގުޅިގެން، މިއަދު 14:30 އިން 18:00 އަށް މަސްދަޅު ކޭސް ބަހަން ކުރިން ރާވާފައި އޮތް އޮތުން މިހާރުވަނީ ކެންސަލްކޮށްފަ އެވެ. މިއާއެކު މަސްދަޅު ކޭސް ބަހަން ފަށާނީ މިރޭ 08:30 ގައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
”ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް ކުރިން 20 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ 2:30ގައި ފަށަން ރޭވިފަވާ ހަރަކާތް މިހާރުވަނީ މިރޭގެ 8:30ގައި ފަށަން ބަދަލުކުރެވިފަ.“ އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ވަނީ މަސްދަޅު ކޭސް ބަހާ ސަރަހައްދުތަކަށްވެސް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން، މިވަގުތު މާލެ ސަރަހައްދުގައި މަސްދަޅު ބަހަން ނިންމާފައިވާ ސަރަހައްދުތަކަކީ:












