ބަންޑުންޖަހާލި ލޯންޗެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
”ބުލެޓް ސްޕީޑް“ ނަމަކަށްކިޔާ މި ލޯންޗު ބަންޑުން ޖަހާލީ، ކ.ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށްނެވެ. އެ ހާދިސާގައި ލޯންޗުން ދަތުރުކުރަމުންދިޔަ 9 ފަތުރުވެރީންނާއި، 2 ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވިކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުންޏެވެ.
އެމްއެންޑިއެފްއިން ބުނީ ކަނޑުވި މީހުން ފުރަތަމަ ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ”ބީޗް ސްޓޯން“ ނަމަކަށް ކިޔާ ލޯންޗަކަށްކަމަށެވެ. އަދިމ އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްދީފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިނުކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށްވެސް އެމްއެންޑިއެފްއިން ބުންޏެވެ.