ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހެނދުނު މުޅި ރާއްޖެއަށް ނެރުނު ސަމާލު މިރޭ 09:00 އާ ހަމަޔަށް ދަންމާލައިފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވެ، އެންމެ ފުރަތަމަ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުނީ ހެނދުނު 10:00 ގައެވެ. ހުދު ސަމާލުގެ ވަގުތު މެންދުރު ފަހު 03:00 އަށް ހަމަވުމާއެކު، މިހާރު ވަނީ، އެސަމާލުގެ ވަގުތު 09:00 އާ ހަމަޔަށް ދަންމާލާފަ އެވެ.












