ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރުކަމުގެ މަގާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް(ރިޓަޔަޑް) ފަރުހަތު ޝަހީރު، އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން އެމަނިކުފާނު މި ނޫހަށް ކަށަވަރުކޮށްދެއްވި ނަމަވެސް، ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާހުރެ ކަމެއް ވިދާޅެއް ނުވެއެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމަށް ފަރުޙަތު ޝަޙީރު އައްޔަންކުރެއްވީ މިދިޔައަހަރުގެ މާޗުމަހުގެ ތެރޭގައެވެ.









