ދ. މީދޫ ބަނދަރުގައި ފެނާއި، ކަރަންޓް ދޫކުރުމަށް ޝެޑް ހަދާދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ބީލަމަށް ހުޅުވާލާ އިއްޔެ މީދޫ ކައުންސިލުން އާންމުކުރި އިއުލާނުގައިވާގޮތުންނަމަ، ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވެގެންނެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް “ ފުރިހަމަ ކުރުމަށްފަހު ނޮވެންބަރު 20 ގެ ނިޔަލަށް ކައުންސިލްގެ މެއިލް procurement@dhmeedhoo.gov.mv އަށް ހުށަހެޅުމަށް ކައުންސިލް އިދާރާއިން އެދިފައި ވެއެވެ. ކައުންސިލުން ބުނީ، ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނިކަމަށެވެ. “ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް “ ގެޒެޓުގައިވާ ކައުންސިލްގެ އިއުލާނުން ޑައުންލޯޑްކޮށްވޭނެއެވެ. އަދި ކައުންސިލް އިދާރާއިންވެސް ފޯމް ލިބޭނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރު 24 ވަނަ ދުވަހުގެ 13.00 ގައި ދ. މީދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައެވެ.












