ރާއްޖޭގައި ބާއްވަމުން އަންނަ، މަސްބޭނުމުގެ އެންމެ ބޮޑު މުބާރާތްކަމުގައިވާ އުރީދޫ މަސްރޭސް މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމުގައި އުރީދޫއިން ބުނެފިއެވެ.
އުރީދޫއިން ބުނި ގޮތުގައި މިއަހަރުގެ މަސްރޭސްވެސް ބޭއްވުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައެވެ. މިގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް މުބާރާތް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އުތުރާއި ދެކުނުގައި މުބާރާތް ބާއްވާ ރަށެއް އަދި އިޢުލާނެއް ނުކުރެއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާނެ ކަމުގައިވެސް އުރީދޫއިން ވަނީ ބުނެފައެވެ.










